ގިނިމަސް ފާނަ X0 TOv Kku tf Nn sm506Jj up%7do X i89D 1w

Multi tool use

ގިނިމަސް ފާނަ(ސައިންޓިފިކް ނަން: Aethaloperca rogaa)ނުވަތަ (އިނގިރޭސި ބަހުން: Redmouth grouper) އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ މުރަތަކާއި، ގާތަކުގެ މާހައުލުގައި ގިނައިން އުޅޭ ފާނައިގެ ބާވަތެކެވެ. މިމަސް ގިނައިން ބޭނިފައި ހުންނަނީ ދުވާލު ނަނު ފައްތައިގެން ކުރާ ކެޔޮޅު ކަމުގައެވެ. މިއީ ގިނައިން ބޭނޭ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މީރު މަހެކެވެ. މިމަސް ފަރުފަޅުތަކުގެ ބޭރުގައި ގިނައިން އުޅެނީ އެކަހެރިކޮށެވެ. މިއީ މަސް ބޭނުމަށް އެއްލާ އެއްގަނޑުގެ ވަށައިގެން ވަރަށް ގިނައިރު އެންގަނޑުގައި ނުހިފާ އުޅޭ މަހެކެވެ. ގިނިމަސް ފާނަ އަކީ ފުޅާކޮށް ފަތިކޮށް، ގިނިމަހުގެ ސިފަޔަށް ހުންނަ މަހެކެވެ. މިއީ ބާނާފައި އޮންނައިރު އާއި މޫދުތެރޭގައި އުޅޭއިރު ދެނެގަންނަން ފަސޭހަ މަހެކެވެ. ސަބަބަކީ މަހުގެ ސިފަޔާއި ކުލަވަރު އެހެނިހެން ފާނަތަކާއި ވަރަށްބޮޑަށް ތަފާތުކޮށް ހުންނާތީ އެވެ. މަހުގެ ކަރުތާފަތް ގަނޑުގެ ކުރީބައިގެ ކައިރިފަށް ހުންނަނީ ކަށިކޮށެވެ.
މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި ހަރުކޮށް ހުންނަ 9ކައްޓާއި، މަޑުކަށީގެ 17 ނުވަތަ 18 ކަށި ހުރެއެވެ. މަހުގެ ކުލަ އަކީ ގަދަ މުށި ކުލަ އެވެ. މަހުގެ އަނގައިގެ އެތެރޭގަޔާއި، ކަރުތާފަތުގެ އެތެރެއަށް ހުންނަ ބައިގެ ކުލައަކީ ގަދަ ރަތްކުލަ އެވެ. މިއީ ގާތްގަނޑަކަށް 60 ސމ ބޮޑުވާ މަހެކެވެ.
Nnx0Q Iia7.ic4f Rüüds nenn34ls Tavg seehxa romirumn_ YsS2gT9W9uQgVf,riJsKfMfYpUltoY6Nt ova,RuIkO